މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން މުޅި ރާއްޖޭގައި ފަށައިފިއެވެ.
މިއީ ރާއްޖޭގައި މިފަހުން ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ވާދަވެރި ރިޔާސީ ޕްރައިމަރީއެވެ.
މި އިންތިހާބު މިހާ ފޯރިގަދަވެފައި މިވަނީ، ގާތް ދެ ރަހުމަތްތެރިންގެ ގޮތުގައި ކުޑައިރުއްސުރެ އުޅުއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު މި އިންތިހާބުގައި ވާދަކުރެއްވުމުންނެވެ.
ޕްރައިމަރީގެ ކެމްޕެއިން ތެރޭގައި ދެ ބޭފުޅުން ވެސް ވަނީ ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިޔަށްދާ މި ޕްރައިމަރީގައި 57،255 މީހަކަށް ވޯޓު ލެވޭނެއެވެ.ތަފްސީލު އަންނަނީ
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ