މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ގދ. ތިނަދޫގައި ހަމަނުޖެހުން ހިނގައި އެރަށު ދެކުނު ދާއިރާގެ ވޯޓު ފޮށި ފަޅާލައިފިއެވެ.
ތިނަދޫ ވޯޓު ފޮށި ފަޅާލުމާއި ގުޅޭ ގޮތުން އެ ދާއިރާގެ މަޖިލިސް މެންބަރު ސަނީފް ވިދާޅުވީ އެކަން ކުރީ އިދިކޮޅު ޕީޕީއެމް އަށް ނިސްބަތްވާ މީހެއް ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޕްރައިމަރީ އިން މޮޅުވާނެކަން އެނގޭތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މޮޅުވާނެކަން އެނގޭތީ، ވޯޓު ކަރުދާހުގެ ފޮޓޯ ނެގީއޭ ކިޔާފައި އަރައިގަތީ. ފޮށި ހިމާޔަތް ކުރަން މަސައްކަތް ކުރިން، އެކަމަކު އަރައިގަރް ބޮނޑީގައި ފޮށީ ފަޅާލީ. އެކަން ކުރީ ޕީޕީއެމް މީހެއް،" ސަނީފް ވިދާޅުވިއެވެ.
އެމްޑީޕީ ޕްރައިމަރީ މިއަދު ކުރިޔަށްދާއިރު ތިނަދޫގެ އިތުރުންވެސް ބައެއް އެހެން ރަށްރަށުގައި ހަމަނުޖެހުން ހިންގާފައިވެއެވެ. އަދި ބައެއް ރަށްރަށުގައި ވޯޓު ކަރުދާސްތައް އިރާލާ ބިންމައްޗަށް އުކާލާފައި އެބަހުއްޓެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން މުޅި ރާއްޖޭގައި ދަނީ ކުރިޔަށެވެ. މިއީ ރާއްޖޭގައި މިފަހުން ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ވާދަވެރި ރިޔާސީ ޕްރައިމަރީއެވެ.
މި އިންތިހާބު މިހާ ފޯރިގަދަވެފައި މިވަނީ، ގާތް ދެ ރަހުމަތްތެރިންގެ ގޮތުގައި ކުޑައިރުއްސުރެ އުޅުއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު މި އިންތިހާބުގައި ވާދަކުރެއްވުމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ