މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވިކަން އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންގެ ކެމްޕެއިން ޓީމުން އިއުލާން ކުރައްވައިފިއެވެ.
މި އިންތިހާބުގައި ވާދަކުރެއްވި ދެ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޓީމުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ރައީސް ސޯލިހު އެމްޑީޕީ ޕްރައިމަރީ 67 ޕަސެންޓު ވޯޓުން ކާމިޔާބު ކުރެއްވި ކަމަށެވެ.
ނަޝީދުގެ ކެމްޕެއިން ޓީމުން ނެރުނު ކުރު ބަޔާނެއްގައި ބުނީ މި އިންތިހާބު ނަޝީދު ކާމިޔާބު ކުރެއްވިކަން އެގްޒިޓު ޕޯލުތަކުން ދައްކާފައިވާ ކަމަށެވެ. ނަޝީދުގެ ޓީމުން ވެސް ވަނީ 67 ޕަސެންޓު ވޯޓުން އިންތިހާބު ނަޝީދު ކާމިޔާބު ކުރެއްވިކަން އިއުލާން ކޮށްފައެވެ.
މި ދެބޭފުޅުންގެ ކެމްޕެއިން ޓީމުން މިފަދައިން އިއުލާނުކުރިއިރު ވޯޓުގެ ނަތީޖާ އިއުލާން ކުރަން ފެށީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ. މީގެއިތުރުން ބައެއް ރަށްރަށުގައި ވޯޓު ފޮށިތައް ފަޅާލާ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިންގައިގެން ވޯޓުލުން ގިނަ އިރުތަކަކަށް ހުއްޓުނެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ