މި ވަގުތަކީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީގެ ހުރިހާ މެންބަރުން އެކުގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކޮށް، ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ޕާޓީގެ މެންބަރުން އެމަނިކުފާނަށް ދެއްވި ތާއީދާއި ކުރެއްވި އިތުބާރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.
”މިއީ ޕާޓީގެ ހުރިހާ މެންބަރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެކުގައި މަސައްކަތް ފަށަންވީ ވަގުތު،” ރައީސް ވިދާޅުވިއެވެ.
https://twitter.com/ibusolih/status/1619591586916229120?s=46&t=1X-qdLSRcsn7cYGxnJqTEg
ޕްރައިމަރީ އިން ލިބުނު ކާމިޔާބީ ފާހަގަކުރަން އެމްޑީޕީ މައި ހަރުގެގައި ރޭ ބޭއްވި އެއްވުމުގައި ރައީސް ސޯލިހު ވިދާޅުވީ ޕްރައިމަރީގައި އެމްޑީޕީން ދެއްކީ ޑިމޮކްރަސީގެ ފުރިހަމަ ނަމޫނާ އެއް ކަމަަށެވެ. ރާއްޖެއަށް ސިޔާސީ ޕާޓީ ތައަރަފްކޮށް ވާދަވެރި ސިޔާސީ ހަރަކާތް ފެށީ އެމްޑީޕީން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައީސް ނަޝީދުގެ ފަރާތުން ދައްކުވައިދިން ނަމޫނާއަށް ވެސް ރައީސް ޝުކުރު އަދާކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ގޮތުގައި އަދި މަސައްކަތް “މި ފެށުނީ” އެވެ.
“މި ވަގުތު ކުރަންވީ ކަމަކީ ޕާޓީ އެކީގައި ނިކުމެ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރަން މަސައްކަތްކުރުން. ވާދަވެރިންނަށް ގޮވާލަން ބޭނުންވަނީ ވާދަވެރިކަން ނިމުނިއްޔޭ. އެކަން ނިމުނިއްޔޭ. ދެން ނުކުންނަންވީ އެކތިގަނޑެއް ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑިޕީ އަށް ކާމިޔާބުކުރަން،” ސަޕޯޓަރުންނާ މުހާތަބު ކުރައްވާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ވާދަވެރި އިންތިހާބުގައި ފެންނަން ބޭނުންނުވާ ކަންތައްތައް ހިނގާފައި ހުރެދާނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ