ހދ ނޮޅިރަމުގައި ސަރުކާރުން ގާއިމު ކުރާ ބޮޑު ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ނިމް ޓާފް އަޅަން ރެޑީ ކޮށްފައި އޮއްވާ ޓާފުތަކުގައި ބަޔަކު ރޯކޮށްލައިފިއެވެ.
ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ގަސްތުގައި ރަށުގެ ތަރައްގީއަށް ހުރަސްއެޅުމަށް ކުރާ މިފަދަ އަމަލުތަކަކީ ދެރަ އަދި ފިނޑި އަމަލުތަކެއް ކަމަށެވެ.
"އެތައް ގޮންޖެހުންތަކާއިއެކު ދިގުލައިގެންދިޔަ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާރފް އަޅަން 3 ދުވަހަށް ވުމާއެކު ބަޔަކު މިވަނީ ގަސްތުގައި ޓާރފް ތަކުގައި ރޯކޮށްލާފަ." މަހްލޫފްގެ ޓްވީޓުގައި ވިދާޅުވިއެވެ.
ނޮޅިވަރަމްގެ ދަނޑަކީ 2019 ވަނަ އަހަރު މަސައްކަތް ފެށުމަށް ސަރުކާރުން ނިންމި ދަނޑެކެވެ. ނަމަވެސް އެކި ސަބަބުތަކާއެކު އެ ދަނޑުގެ މަސައްކަތް ދިގުލައިގެން ގޮސްފައިވާ އިރު، މިއަހަރުގެ ފެބްރުއަރީ މަހު ޓާފް އިންސްޓޯލްކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި ދަނޑުގެ ވަށާފާރު ރޭނުމަށް ވެސް ކައުންސިލުން ވަނީ ބަޔަކާއެކު އެއްބަސްވުމަކަށް އައިސް، ޓާފްއަޅާ ނިމުނުހާ އަވަހަކަށް އެކަން ފެށުމަށް ތައްޔާރުވެފައެވެ.
ނޮޅިވަރަމްގެ ދަނޑުގެ މަސައްކަތަށް ސަރުކާރުން ޖުމުލަ 4،123،716 ރުފިޔާ ވަނީ ޙަރަދުކޮށްފައެވެ. އެހެން ނަމަވެސް ޓާފްތަކުގައި ރޯކޮށްލުމާއެކު ޙަރަދު އިތުރަށް ބޮޑުވެގެންދާނެއެވެ.
މީގެ ކުރިން ވެސް ބައެއް ރަށްރަށުގެ ދަނޑުތަކުގައި އަޅާން ހުރި ޓާފްތަކުގައި ވަނީ ހުޅުޖަހައިފައެވެ. ގަސްތުގައި މިގޮތަށް ޓާފުގައި ރޯކުރުމުން ބައެއް ރަށްރަށުގެ ދަނޑުގެ މަސައްކަތް ލަސްވާއިރު، ސަރުކާރުގެ އަމާޒަކީ މި ދައުރު ނިމުމުގެ ކުރިން 100 ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާލުމެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ