ގދ. ފިޔޯރި އާއި ގދ. މަޑަވެލީގައި އައިސްޕްލާންޓް ގާއިމް ކުރުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
އެ ދެ ރަށުގައި ގާއިމު ކުރަނީ 25 ޓަނުގެ އައިސް ޕްލާންޓެކެވެ. އެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލު ކުރީ އިއްޔެ ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނަރަލް އަހުމަދު ޔާމިންއެވެ.
https://twitter.com/MoFMRAmv/status/1620004984212561920?s=20&t=s1BvZASYJwNdsUUwR10aDw
ފެނަކަ އާއި މި މަސައްކަތް ހަވާލު ކުރީ ފަސް މަހާއި ހަ ދުވަހުން ނިންމާ ގޮތަށެވެ. އެ މަަަސައްކަތުގެ އަގަކީ 10 މިލިއަން ރުފިޔާއަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ