އިރުވައި މޫސުމުގެ ގިނަ ދުވަސްތަކެއްގައި އާންމުކޮށް ރާއްޖެ ސަރަހައްދުގެ ވައިނުފާފުވެ، ދުރުފެންނަ މިންވަރު ދަށްވެގެންދާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް)އިން ބުނެފިއެވެ.
މެޓް އޮފީހުން މިހެން ބުނީ ރާއްޖޭގެ ބޮޑު ސަރަހައްދަށަކަށް ވައި ނުސާފުވެ، ލޮލަށްފެންނަ ދުރުމިން ދަށްވުމާ ގުޅިގެން، އެކަން ސާފުކޮށްދިނުމުގެ ގޮތުން ނެރުނު ލިޔުމެއްގައެވެ.
މެޓް އޮފީހުން ބުނީ އާންމުގޮތެއްގައި 10 ކިލޯމީޓަރަށް ވުރެ ދުރު ފެނުނު ނަމަވެސް، މިއަދު ހެނދުނު 7:00 ފެށިގެން މެދުރާއްޖެތެރޭ ހިމެނޭ ސަރަހައްދުގައި މި މިންވަރު އެވްރެޖް ގޮތެއްގައި ހަތަރު ކިލޯމީޓަރަށް ދަށްވެފައިވާ ކަަމަށެވެ.
"ދުރު ފެންނަ ނިސްބަތް ދަށްވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވާރޭވެހުން މުހިއްމު ދައުރެއް އަދާކުރެއެވެ،" މެޓް އޮފީހުން ބުންޏެވެ.
މެޓުން ބުނީ އާންމުކޮށް ވައި ނުސާފު ވަނީ އިރުވައި މޫސުމުގައި ކަމަށެވެ.
އިރުވައި މޫސުން ޖެނުއަރީން ފެށިގެން މާރިޗްމަހުގެ ނިޔަލަށް ދެމިގެން ދެއެވެ. އިރުވައި މޫސުމުގައި ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރިޔަސް މޫސުން ގިނަ ދުވަސްތަކުގައި އޮންނަނީ އާންމު ގޮތެއްގައި ރަނގަޅަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ