އީރާނުގައި، ދެ ލޯބިވެރިޔަކު ނަށާ މަންޒަރު ފެންނަ ވީޑިއޯއެއް ޕޯސްޓްކުރުމުން 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ މީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ ކޮރަޕްޝަނާއި ފިތުނަ ފަސާދަ އާއި ޕްރޮޕެގެންޑާ އަށް ހިތްވަރު ދިނުމެވެ. އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވެ އެ އިން ކޮންމެ މީހެއްގެ މައްޗަށް ވެސް ވަނީ ޖުމްލަ 10 އަހަރާއި ދޮޅު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ދެ އަހަރުވަންދެން ސޯޝަލް މީޑިއާ ބޭނުންކުރުމާއި ގައުމުން ބޭރަށް ދިޔުންވެސް ވަނީ އެ މީހުންނަށް މަނާކޮށްފައެވެ.
https://twitter.com/alinejadmasih/status/1619973932223983617?s=46&t=QSA898j51L1xtUU8rcMMUQ
ބީބީސީ މޮނިޓަރިންއަށް މައުލޫމާތު ދިން ފަރާތަކުން ބުނީ އެ ދެލޯބިވެރިން ހައްޔަރުކުރީ ގާތްގަނޑަކަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން ފޮލޯކުރާ އެ މީހުންގެ އިންސްޓަގްރާމް އެކައުންޓްތަކަށް އެ ވީޑިއޯ ޕޯސްޓް ކުރުމުން ކަމަށެވެ.
ވީޑިއޯއިން ފެންނަނީ އުމުރުން 21 އަހަރުގެ އަސްތިޔާޒް ހަކީކީ އާއި އޭނާގެ ލޯބިވެރިޔާ އާމިރު މުހައްމަދު އަހުމަދީ، 22 އެވެ. ހަކީކީ ހައްޔަރުކުރުުގެ ކުރިން ފުލުހުން ވަނީ އޭނާ ދިރިއުޅޭ ގެ ބަލާފާސްކޮށްފައެވެ.
އާއްމުވި ވީޑިއޯގަައި ފެންނަނީ ވެރިރަށް ތެހެރާނުގެ "ފްރީޑަމް ޓަވަރު" ކައިރީގައި އެ މީހުން ނަށާ މަންޒަރެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އުމުރުން 22 އަހަރުގެ މަހްސާ އަމީނީ މަރުވުމާ ގުޅިގެން އީރާނުގައި ދަނީ މުޒާހަރަކުރަމުންނެވެ. މަހްސާ ހައްޔަރުކުރީ ބުރުގާ އެޅުމަށް ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑާ ހިލާފުވެގެންނެވެ.
މި ދެމަފިރިން އެމީހުންގެ ޑާންސް އީރާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކާ ގުޅުވާފައެއް ނުވެއެވެ.
ސެޕްޓެމްބަރު މަހު ފެށި އީރާނުގެ މުޒާހަރާ ހަރަކާތަކީ 1979 ވަނަ އަހަރުގެ އިންގިލާބުގައި އީރާނުގެ ވެރިކަމަށް އައި ފަހުން އީރާނުގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.
މުޒާހަރާތައް ރޫޅާލުމަށްޓަކައި ދައުލަތުން ގެންދަނީ ހަމަނުޖެހުންތަކުގައި ބައިވެރިވި މީހުންނަށް ހަރުކަށި އަދަބުތައް ދެމުންނެވެ. އޭގެ ތެރޭގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން މަދުވެގެން ހަތަރު މީހަކަށް މަރުގެ އަދަބުވެސް ވަނީ ދީފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ