ރައީސުލްޖުމްހޫރިއްޔާ އިބްރާހިމަށް މުހައްމަދު ސާލިހުގެ މޫނުފުޅަށް ކުޅުޖެހި މީހަކަށް ފައިސާގެ އިނާމެއް ދެއްވާނެ ކަމަށް ވިދާޅުވެ، ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ކުރެއްވި ޓްވީޓުގެ މައްސަލާގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް މިރޭ އޭނާއަށް އަންގައިފިއެވެ.
މުސްތަފާ މިރޭ ކުރެއްވި ޓްވީޓުގައި ބުނެފައި ވަނީ ރައީސް ސާލިހުގެ މޫނުފުޅަށް ކުޅުޖެހި މީހަކަށް 50،000 ރުފިޔާގެ އިނާމެއް ދެއްވާނެ ކަމަށެވެ.
https://twitter.com/Thimarafushi/status/1622233651143655425?s=20&t=IUcPTskIfK3Hyr7twa1a1w
އޭނާ އެ ޓްވީޓު ކުރެއްވިތާ މާގިނައިރުތަކެއް ނުވެ، ފުލުހުން ވަނީ އެ މައްސަލަ ބަލަން ފަށާފައެވެ. އެއަށްފަހު، ފުލުހުން މިރޭ އޭނާއަށް އަންގާފައި ވަނީ މާދަމާ ރޭ 9:45އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށެވެ.
މުސްތަފާގެ ޓްވީޓާ ގުޅިގެން، ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އޭނާއަށް ވަނީ އަމާޒުވެފައެވެ.ބައެއް މީހުން ބުނެފައި ވަނީ ސިޔާސީ ގޮތުން ހިޔާލުތަފާތުވިޔަސް، މީހުންގެ "ގަޔަށް، ބޮލަށް" އަރަށް ހިތްވަރު ދީގެންނުވާނެ ކަމަށެވެ.
https://twitter.com/malik_yogy/status/1622244173805158400?s=20&t=IUcPTskIfK3Hyr7twa1a1w
މުސްތަފާ ވަނީ ދެ ދައުރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައެވެ. އަދި ސަތާރަ ވަނަ މަޖިލީހުގެ މެމްބަރުކަން ކުރައްވަމުން ގެންދަވަނިކޮށް، ސާބިތު ދަރަނީގެ މައްސަލައެއްގައި އޭނާގެ ގޮނޑި ގެއްލުނެވެ. އެމްޑީޕީގެ އެތެރޭގެ ހިޔާލުތަފާތުވުންތަކުގައި މުސްތަފާ ގެންދަވަނީ ރައީސް ސާލިހަށް ފާޑުވިދާޅުވެ، ރައީސް ނަޝީދަށް ކެމްޕެއިން ކުރައްވަމުންނެވެ. އަދި އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް ހަދައިގެން ނަޝީދު ކުރައްވާ މަސައްކަތައް ހިތްވަރު ދެއްވައި "ފިކުރެއްގެ ދިރުމުގެ" ގޮފީގައި މުސްތަފާ ވަނީ ސޮއި ކުރައްވާފައެވެ.
މުސްތަފާ މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ނަޝީދަށްޓަކައި ކަނޑަށް އެރެންވެސް ތައްޔާރަކަށް ހުންނެވިކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ