މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ، އަދި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އިހުތިޖާޖު ކުރާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު މަޖިލިސް މެމްބަރަކު މިރޭ "ހަތާވީސް" އަށް ވިދާޅުވީ އާރަށު މައްސަލާގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެ 11 އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، މާދަމާގެ ޖަލްސާގައި އިހްތިޖާޖު ކުރާނެ ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާ އިން ބުނީ މަޖިލީހުގެ މިއަހަރުގެ ފުރަތަަމަ ޖަލްސާ މާދަމާ ހެނދުނު 9:00 ގައި އޮންނާނެ ކަމަށެވެ.
މީގެކުރިން ވެސް އިދިކޮޅުން ވަނީ ރިޔާސީ ބަޔާން އިއްވި ޖަލްސާތަކުގައި އިހުތިޖާޖު ކޮށްފައެވެ. އެގޮތުން މީގެކުރީ ފަހަރެއްގައި ވެސް އިދިކޮޅުން ވަނީ ބެނާތައް ހިފައިގެން މަޖިލިސް އިދާރާގެ ތެރޭގައި އިހުތިޖާޖު ކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ