ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވި ރިޔާސީ ބަޔާން އިއްވި ޖަލްސާއާ ދިމާކޮށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާ ކަވަރު ކުރަމުން ދިޔަ ޗެނަލް13 ގެ ނޫސްވެރިޔަކަށް އަނިޔާވެ، އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ހުރަސް އެޅި މި މުޒާހަރާ ކަވަރު ކުރަމުން ދިޔަ ޗެނަލް13 ގެ ދެ ނޫސްވެރިޔަކަށް އަނިޔާވި ކަމަށް ޕީޕީއެމް އިން ބުންޏެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ ނޫސްވެރިންނަށް އަނިޔާވީ ޝީލްޑް ހިފައިގެން ތިބި ފުލުހުން ކުރިޔަށް ޖެހުނު ވަގުތު އެ ނޫސްވެރިންގެ ގައިގައި ޖެހިގެންނެވެ.
އަނިޔާވި އެއް ނޫސްވެރިޔާ އަކީ ދާދިފަހުން ވަރަށް ބޮޑު އޮޕަރޭޝަނެއް ކޮށްފައިވާ ނޫސްވެރިއެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ. ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވީ މުޒާހަރާ އިން އަނިޔާވި އެއް ނޫސްވެރިޔަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވި ކަމަށް ހީނާ ވިދާޅުވިއެވެ.
މި މުޒާހަރާ އިން އާއްމުންނަށް ވެސް އަނިޔާވި ކަމަށް ހީނާ ވިދާޅުވިއެވެ. އަދި އޭގެތެރެއިން ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ މިއަދު ކުރިޔަށް ދިޔަ މުޒާހަރާގެ ތެރެއިން 17 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ