މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް މަގުމަތީގައި ބޭއަދަބީ ވައްތަރު ޖައްސާ ވީޑިއޯއެއް އާއްމުވެއްޖެއެވެ.
ބެލެވޭ ގޮތުގައި މި ވީޑިއޯ އަކީ މިއަދު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާ ކުރިޔަށް ދިޔަ ވަގުތު މީހަކު ނަގާފައިވާ ވީޑިއޯއެކެވެ. އެ ވީޑިއޯ އިން ފެންނަނީ ބަންދު ކޮށްފައިވާ މަގެއްގައި ތިބި އެސްއޯ ފުލުހުންތަކަކާއި ދިމާލަށް ނަރީޝް ހިނގާފައި ދާ މަންޒަރެވެ. އަދި އެ އަށްފަހު ފުލުހުންނާއި ދިމާލަށް ބޭއަދަބީ ވައްތަރު ނަރީޝް ޖައްސައެވެ.
އެ ވީޑިއޯ އިން ފެންނަނީ ކުރިމަތިފަރާތަށާއި ފުރަގަސް ފަރާތަށް އިޝާރާތްކޮށް، ހުތުރު ވައްތަރު ނަރީޝް ޖައްސާތަނެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާ އަކީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވި ރިޔާސީ ބަޔާން އިއްވި ޖަލްސާއާ ގުޅިގެން ކުރިޔަށް ގެންދިޔަ މުޒާހަރާއެކެވެ.
ޒިންމާދާރު މަގާމެއްގައި ހުންނަވާ ނަރީޝް މިފަދަ ވައްތަރެއް ޖެއްސުމުން ސޯޝަލް މީޑިއާގައި ނަރީޝް އަށް އަންނަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ ނަރީޝް އަދަބު އަހުލާގު ދަސް ކުރުމަށް ގޮވާލައިފައެވެ. އަދި އެފަދަ ކަންކަމަކީ ދަރިންނަށް ވެސް ދެވޭ ނުބައި މެސެޖެއް ކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު ވަނީ މި މުޒާހަރާގެ ތެރެއިން 17 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ
ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން