އެކި ފަހަރުތަކުގެ މަތިން ޕާޓީން ނެރޭ ވިޕްލައިންތަކާއި ހިލާފު ވެފައިވާތީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އަށް ޕާޓީން ދެމުން ގެންދާ އިނާޔަތްތައް ކަނޑާލުމަށް އަންގައިފިއެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ސޮއިކުރައްވާ ބޮންޑޭ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ތިން ފަހަރަށް ބޮންޑޭ ޕާޓީގެ ވިޕްލައިނާ ހިލާފުވެފައި ވާތީ ޕާލަމެންޓްރީ ގްރޫޕްގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން ޕާޓީން ދޭ އިނާޔާތްތައް ބޮންޑޭ އަށް ކަނޑާލަން އަންގާފައިވާ ކަމަށެވެ.
ބޮންޑޭ ވިޕްލައިނާ ހިލާފުވެފައި ވަނީ މިއަހަރުގެ ބަޖެޓު ފާސް ކުރުމުގެ ވޯޓާއި ސަޕްލިމަންޓްރީ ބަޖެޓުގެ ވޯޓުގެ އިތުރުން ޖީއެސްޓީ ބޮޑު ކުރުމަށް ނެގި ވޯޓުގެ ވިޕްލައިނާއެވެ.
އަސްލަމްގެ ސިޓީގައި ލީޑަޝިޕަށް ގަބޫލްކުރެވޭ ފަދަ ސީރިއަސް ހާލަތެއް މެދުވެރިވެގެން ކުރިން ހުއްދައަށް އެދުމަކާ ނުލައި ތްރީ ލައިން ވިޕަށް އަމަލުކުރުމަށް މަޖިލީހަށް ހާޒިރު ނުވުމާއި ވޯޓުގައި ބައިވެރި ނުވުމަކީ ކުށެއް ކަމަށް ބަޔާން ކޮށްފައިވެއެވެ.
ބޮންޑޭ އަށް ޕާޓީން ދެމުންދާ އިނާޔަތްތައް ކަނޑާލަން އެންގިއިރު މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) އަށް ޕަސަންޓަށް އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ 16 ޕަސަންޓަށް ބޮޑު ކުރަން ފާސްކުރި ބިލާ ދެކޮޅަށް ވޯޓު ދިން އެމްޑީޕީގެ 14 މެންބަރުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.
އަސްލަމް “ހަތާވީސް” އަށް މީގެކުރިން ވިދާޅުވީ ވިޕްލައިނާ ހިލާފުވުން ތަކުރާރުވާނަމަ، ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. އެމްޑީޕީ މެމްބަރުންނާ މެދު، ފިޔަވަޅު އަޅަނީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ހިންގާ ގަވާއިދުގެ ދަށުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ