ރާއްޖެއަށް ކޮކެއިން އެތެރެކުރި މީހާ ފުރުވާލީ ތަންފީޒީ އިދާރާތަކުން ލަފާދިނުމުން ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ. އޭނާ އެތެރެ ކުރީ 2.6 ކިލޯގެ ކޮކެއިންނެވެ. އޭގެ އަގު 6.5 މިލިއަން ރުފިޔާއަށް އަރައެވެ.
މިތަކެތި އަތުލައިގަނެފައިވަނީ، ހޯމަ ދުވަހު ބްރެޒިލްގެ 23 އަހަރުގެ އަންހެން ފަސިންޖަރެއްގެ ލަގެޖުންނެވެ. އޭނާ ރާއްޖެއަކީ ގަތަރުގެ ދޯހާއިންނެވެ.
ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.
ވައިގެ މަގުން ރާއްޖެއަށް އަންނަ ބިދޭސީއަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު އާއި އެއްގޮތްވާ ގޮތުގެ މަތިން، ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާއި އެކު، ރާއްޖެއަށް އެތެރެވިޔަނުދީ، އެމީހާ ފޮނުވާލާފައިވާ ކަމަށާއި ލަގެޖުން އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ