ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެ، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުގެ ނަން އިއްވައި، މަޖިލީހުގެ ޖަލްސާއިން ދެންމެ ނެރެފިއެވެ.
ޖަލްސާ ހޫނުވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވާހަކަ ދެއްކެވި ވާހަކަފުޅެއް، ރިޔާސަތުން ހުއްޓުވަން މަސައްކަތް ކުރުމުންނެވެ. ރިޔާސަތުގައި އެވަގުތު އިންނެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.
މަޖިލީހުގައި ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމުގެ ޕްލެޓްފޯމަކަށް މަޖިލިސް ހަދާފައިވާ ކަމަށެވެ. އެކަން ކުރަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރިޔާސަތު ބަލަހައްޓަވާ ހަސަން އަފީފު ގުޅިގެން ކަމަށެވެ.
ޣަފޫރު އެ ވާހަކަ ހުއްޓުވައި، ރިޔާސަތުން އެންގެވީ މައުޟޫއަށް ވާހަކަ ދެއްކެވުމަށެވެ. އަފޫރުގެ ވާހަކަ ރިޔާސަތުން ހުއްޓުވުމުން މަޖިލީހުގެ މެމްބަރުން ރިޔާސަތަށް އަޑުގަދަ ކުރައްވަން ފެއްޓެވިއެވެ. އެ މެމްބަރުންގެ ތެރޭގައި ފަލާހު ހިމެނިވަޑައިގެންނެވިއެވެ. ފަލާހަށް ތިން ފަހަރަށް ނަސޭހަތްތެރިވުމަށްފަހު، އޭނާ މަޖިލީހުގެ ތަޅުމުން ނެރުނެވެ.
(ތަފްސީލު އަންނަނީ...)
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ