ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ)ގެ ނަން ވެސް އިއްވައި، ރައްޔިތުންގެ ޖަލްސާއިން ނެރެފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެފައި ވަނީ ސަރުކާރާ ދެކޮޅަށް މަޖިލީހުގެ ރިޔާސަތުން މަސައްކަތް ކުރާ ކަމަށް ބުނެ، މެމްބަރުން ފާޑުކިޔުން އަމާޒު ކުރަން ފެށުމުންނެވެ. އެ މައްސަލާގައި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުގެ ނަން އިއްވައި، މަޖިލީހުގެ ޖަލްސާއިން ވަނީ ނެރެފައެވެ.
ފަލާހާއި މޮސްޓާ މަޖިލީހުން ނެރުނު ވަގުތު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފުއެވެ.
އެ ދެ މެމްބަރުންގެ ނަން އިއްވައި، މަޖިލީހުން ނުކުތުމަށް ރިޔާސަތުން ވިދާޅުވުމުން އެ ބޭފުޅުން ވަނީ މަޖިލީހުގެ ޖަލްސާ ދޫކުރައްވައި ވަޑައިގެންފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ