ތިލަފުށީގައި އަލަށް ހިއްކަމުންދާ ބިމުގެ 90 ޕަސެންޓް ދޫކުރަނީ ދިވެހި ވިޔަފާރިތަކަށް ކަމަށާއި އެ ފަރާތްތަކަށް ބިން ދެނީ ކުލި ކޮންޓްރޯލް ކުރެވޭ އުސޫލުން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
ތިލަފުށިން އަލަށް ހިއްކާ ބިންތަކެއް ބޭރުގެ ފަރާތްތަކަށް "ވިއްކާލާ" ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން އެޗްޑީސީން ނެރުނު ބަޔާނެއްގައި މިއަދު ބުނީ ތިލަފުށިން އަލަށް ހިއްކާ ސަރަހައްދުގެ މަދު ބިންތަކަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ބޭރުގެ ވިޔަފާރިތަކަށް ހުޅުވާލާފައިވާ ކަމަށެވެ. ނަމަވެސް ތިލަފުއްޓަކީ ސްޕެޝަން އެކޮނޮމިކް ޒޯންއެއް ނޫން ކަމަށާއި ބޭރުގެ ވިޔަފާރިތަކުން ވެސް އަމަލު ކުރަންޖެހޭނީ ރާއްޖޭގެ ގާނޫނުތަކާއި ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
ތިލަފުށިން އަލަށް ހިއްކާ ބިމުން ދޫކުރާ ބިންތަކުގެ 90 ޕަސެންޓް ބިން ދިވެހިންނަށް ގަނެވޭނެ ކަމަށާއި އަނެއް 10 ޕަސެންޓް ބިން ބޭރު މީހުންނަށް ކުއްޔަށް ދިނުމަށް ވަނީ ނިންމާފައެވެ.
ތިލަފުށިން ހިއްކަނީ 150 ހެކްޓަރުގެ ބިމެކެވެ. އެ މަޝްރޫއުގެ ދަށުން ބީލަމުގެ އުސޫލުން އެޗްޑީސީން ވިއްކަނީ 50 ބިމެކެވެ. ބޭރުގެ ފަރާތްތަކަށް އެފަދަ ބިންތައް ކުއްޔަށް ހިފޭނެއެެވެ. ތިލަފުށީ ބިން އަލަށް ހިއްކަނީ ރާއްޖޭގެ ސިނާއީ މަސައްކަތްތަކަށް ހުރި ދަތިތައް ދެނެގަނެ، ހައްލުތައް ހޯދައިދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުންނެވެ.
ބޭރުގެ ވިޔަފާރިތަކަށް އެފަދަ ބިން ކުއްޔަށް ދިންކަމުގައި ވިޔަސް ދިވެހި ވިޔަފާރިތަކަށް، ހާއްސަކޮށް މަސްވެރިކަމާއި ދަނޑުވެރިކަންފަދަ ވިޔަފާރިތަކަށް އެކަމުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި އެ މަޝްރޫއުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ގިނަގުނަ ފުރުސަތުލިބިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
"މި މަޝްރޫއުގެ މަގުސަދަކީ ސިނާއީ މަސައްކަތްތަކަށް ހުރި ދަތިތަކަށް ބޮޑު ލުއެއް ހޯދައި ދިނުމާއި ދިވެހި ވިޔަފާރިތަކަށް ހުރި ފުރުސަތުތައް އިތުރު ކުރުންކަމުގައި ދަންނަވަމެވެ. މީގެ އިތުރުން މުދަލުގެ އަގު ހެޔޮވެ، ދިވެހިންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދިއުމެވެ،" އެޗްޑީސީން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ