ދަތުރުދިއުމަށް ހާއްސަކޮށްގެން ސަރުކާރުން ތަރައްގީ ކުރި “ކުޑަގިރި ޕިކްނިކް އައިލެންޑް”އަށް އަންނަ ހޮނިހިރު ދަތުރުދިއުމަށް ބުކިން ހެދުމަށް ހުޅުވާލުމާއެކު ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ކުޑަގިރި ޕިކްނިކް އައިލެންޑް އާއްމުންނަށް ހުޅުވާލުމާ އެކު ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި ހޮނިހިރު ދުވަހަށް ހުޅުވާލެވުނު ބުކިން މިހާރު ފުލްވެފައިވާ ކަމަށް އެޗްޑީސީ އިން ބުންޏެވެ.
އަންނަ ހޮނިހިރު ދުވަހު ކުޑަގިރި ރަސްމީކޮށް ހުޅުވައި ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. ކުޑަގިރި ހުޅުވާ ދުވަހަށް އެޗްޑީސީ އިން ބުކިން ހެދުމަށް ހުޅުވާލީ 300 ފަރާތަކަށެވެ.
“ހޮނިހިރު ދުވަހު މި ހުޅުވާލަނީ 300 ބޭފުޅުންނަށް. ދެން އިނީޝަލް ރަންގައި 500 ނޫނީ 600 މީހުންނަށް. އެކަމަކު އަސްލު ކުޑަގިރީގައި 1200 ވަރު، އަޅުގަނޑުމެންނަށް އެކަމަޑޭޓް ކުރެވޭނެ. ނަމަވެސް މިކަހަލަ ކަމެއް ކުރާއިރުގައި އަޅުގަނޑުމެން ބޭނުން އެންމެންގެ ރައްކާތެރިކަމާއި އެންމެންގެ ހިތްހަމަޖެހުން ޔަގީންކުރަން. އެހެންވީމަ އަޅުގަނޑުމެން މިދަނީ އެކި ފޭސްތަކަށް ބަހާލައިގެން. އިތުރުކުރަމުން ދާނަން،” އެޗްޑީސީގެ މާކެޓިންގ އެންޑް ޕީއާރްް ޑިރެކްޓަރ ނިއުޝާދު ޝަރީފް ވިދާޅުވިއެވެ.
މާލެއިން ފުރައިގެން، ލޯންޗެއްގައި 15 މިނެޓުން ދެވޭ ކުޑަގިރިއަކީ މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުގޮސް، އާއިލާއާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްޓަކާ ސަރުކާރުން ތަރައްގީ ކުރި ރަށެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ