ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ފުލުހުންގެ މަރުކަޒަކަށް ގެއްލުން ދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ އޭނާ ވަނީ ގާބުރިއަކުން އެއްލާ ފުލުހުންގެ މަރުކަޒުގެ ބިއްލޫރި ގަނޑު ތަޅާލާފައި ކަމަށެވެ.
އެ ހާދިސާގައި ފުލުހަކަށް ވެސް އަނިޔާވިއެވެ. އަދި އެ ފުލުސް މީހާ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވެސް ގެންދެވުނު ކަމަށް ފުލުހުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ