ވ. އަތޮޅުގެ އެތެރެވަރިން ފެނުނު އިންސާނެއްގެ ހަށިގަނޑު، ސާމްޕަލް ނެގުމަށްފަހު ވަޅުލައިފިއެވެ.
މި ހަށިގަނޑު ފުލުހުންނަށް ފެނުނީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ.
ފުލުހުން މިއަދު ބުނީ އެ ހަށިގަނޑުގެ ތަހުގީގަށް ނަގަން ޖެހޭ ސާމްޕަލްތައް ނެގުމަށްފަހު އެ ހަށިގަނޑު ވަޅުލާފައިވާ ކަމަށެވެ. އަދި ބުނީ އެ މައްސަލައިގެ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ މަރުވެފައި އޮތް އިންސާނެއްގެ ހަށިގަނޑު ފެނުނީ ވ. އަތޮޅު ވެންޕަރު ފަޅު ހުޅަނގު އުތުރު ކަނޑުން ކަމަށެވެ.
ފޮޓޯތަކުން ފެންނަ ގޮތުން، އެ މީހާގެ ހަށިގަނޑު ވަނީ ކާކުކަން ނޭނގޭ ވަރަކަށް ހަލާކުވެފައެވެ. އަދި ހަށިގަނޑުގެ ބައެއް މަސްތައް ނެއްޓި، ހުދުވެފައިވެއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ