ވައްކަން ކުރުމަށް ގެއަކަށް ވަދެ އުޅުނު މީހަކު ބެލްކަނިން ފުންމާލި ވަގުތު ކޮންކްރީޓުގަނޑު ވެއްޓި، ވައްކަން ކުރަން އުޅުނު މީހާ އަށް އަނިޔާވެއްޖެއެވެ.
އެކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ ކޮންކްރީޓުގަނޑެއް ވެއްޓިގެން މީހަކަށް އަނިޔާވިކަމުގެ ރިޕޯޓު ރޭގެ 23:30ގައި ލިބިފައިވާ ކަމަށެވެ. އެ ހާދިސާ ހިނގީ މާފަންނުގައި ހުރި ގެއަކުންނެވެ.
އަނިޔާވި މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެމީހާ އަށް އަނިޔާވީ ވައްކަން ކުރުމަށް ކުރުމަށް ވަނުމަށްފަހު އެގޭގެ ބެލްކަނިން ފުންމާލި ވަގުތު ބެލްކަނިން ކޮންކްރީޓުގަނޑު ވެއްޓިގެން ކަމަށެވެ.
ފުލުހުން ބުނީ އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ