ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލި ފަހުން އިއްޔެ އަކީ އެންމެ ގިނަ ފަތުރުވެރިން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކުރި ދުވަސް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ބޯޑަރު ހުޅުވި ފަހުން އިއްޔެ އަކީ ރިކޯޑު އަދަދަކަށް ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކުރި ދުވަހެއް ކަމަށެވެ. އެގޮތުން އިއްޔެ އެކަނިވެސް 8،028 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. އެހެންކަމުން އެ މިނިސްޓްރީން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މަރުހަބާ ކިޔާ އެ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގުވަޒަން ކޮށްފައެވެ.
https://twitter.com/MoTmv/status/1624724185212915714?s=20&t=y2n1c8P9uv1ynk7lHOnOwA
ރާއްޖެ އަށް މިއަހަރު އެވްރެޖު ގޮތެއްގައި 5،000އަށްވުރެ ގިނަ ފަތުރުވެރިން ކޮންމެ ދުވަހަކުވެސް ޒިޔާރަތް ކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ޖެނުއަރީ މަހު އެވްރެޖު ގޮތެއްގައި ދުވާލަކު 5,566 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރެއެވެ. އަދި މިމަހުގެ އަށްވަނަ ދުވަހާއި ހަމައަށް 6,005 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.
މި އަހަރު ވެސް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ ރަޝިޔާ އިންނެވެ. އެއީ 13 ޕަސެންޓެވެ. އެގޮތުން އަހަރުގެ މިހާތަނަށް 28,873 ރަޝިޔާ ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރަތް ކޮށްފައެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިންޑިއާ އިންނެވެ. އެގައުމުން މިހާތަނަށް 24,127 ފަތުރުވެރިން އައިސްފައިވާއިރު ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ އިޓަލީ އިން މިހާތަނަށް 20,692 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ