ރާއްޖޭގައި މިފަހަކަށް އައިސް ވީނުވީއެއް ނޭނގި މީހުން ގެއްލޭ މައްސަލަތައް އިތުރުވަމުން އަންނާތީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަތް ބޭރުކޮށްލައިފިއެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް މިއަދު ވިދާޅުވީ ކޮންމެ މީހަކަށް ދިރި ހުރުމުގެ ހައްގަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް ކަމަށްވާއިރު ވީނުވީއެއް ނޭނގި ގެއްލޭ ދިވެހިންގެ މައްސަލަތައް އިތުރުވެ އެކަމުގެ ސަބަބުން މުޖުތަމައުގައި ކަންބޮޑުވުމާއި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގެއްލިފައިވާ މީހުން ހޯދުމުގައި އެކަށީގެންވާ ގޮތެއްގައި ސަރުކާރުން މަސައްކަތް ނުކުރާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގައި ސަރުކާރުން ފަރުވާ ކުޑަކުރާ ކަމުގެ ޝަކުވާތައް އާއްމުންގެ ފަރާތުން އިތުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ މިފަދަ މައްސަލަތަކުގައި ދެފުށް ފެންނަ އަދި ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައިފައެވެ.
އެހެންނަމަވެސް މި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވީ 18 މެންބަރުންނެވެ. އަދި އެ މައްސަލަ ބަލައިގަތުމާއި ދެކޮޅަށް 29 މެންބަރަކު ވޯޓު ދެއްވިއެވެ.
މި މައްސަލަ އާދަމް ޝަރީފް ހުށަހަޅާފައި މިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ފަހުން ވީނުވީ އެއް ނޭނގި އއ. މަތިވެރި، ހަސަން އަލީ (ހަސަންފުޅު) ނަމަކަށް ކިޔާ މީހަކާއި ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް ނަމަކަށް ކިޔާ މީހަކު ގެއްލިގެން ހޯދަމުން އަންނަ ދަނޑިވަޅެއްގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ