މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރުމަށްޓަކައި އަޅަން އޮތީ އެންމެ ފިޔަވަޅެއް ކަމަށާއި އެއީ އެންމެން އެކަތިގަނޑަކަށް ހެދުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ މަގާމު ރައީސް ސޯލިހު ކާމިޔާބު ކުރެއްވުމުން އެމަނިކުފާނަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލު ކުރެއްވުމަށް ކާނިވާ ސަރަހައްދުގައި މިރޭ އޮތް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ މަހުގެ 28ވަނަ ދުވަހު އެމްޑީޕީ އިން ބޭއްވި ޕްރައިމަރީ އިން ދައްކުވައި ދިން އެއް ކަމަކީ އެޕާޓީ އަކީ ޑިމޮކްރަސީ އަށް ފައްކާވެފައި އޮތް ޕާޓީއެއް ކަމަށެވެ.
މީގެއިތުރުން އެމްޑީޕީ އަކީ ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮތް ޕާޓީއެއްކަން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިން ދައްކުވައި ދީފައިވާ ކަމަށެވެ. އެދުވަހު އެމްޑީޕީގެ މެންބަރުން ދައްކުވައި ދިނީ އެއްބަސްވުމަށްޓަކައި ދެބަސްވާ ގޮތުގެ ނަމޫނާ އެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާނީ މިއީ ހިޔާލު ތަފާތުވުންތައް ހުއްޓަސް ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން އެއްވާންވީ ވަގުތު ކަމަށް. ތިޔަ ބޭފުޅުންގެ މަގުސަދާއި ބޭނުން ވަރަށް ސާފު،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މިއަދު އެމްޑީޕީ އިން ދެކެމުން އަންނަ ކާމިޔާބުގެ ފެށުމަކީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރެވުން ކަމަށެވެ. އަދި އެ އިންތިހާބު ކާމިޔާބު ކުރެވުނީ ގިނަ ބައެއްގެ މިންނެތް މަސައްކަތުން ކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރިޔަށް އޮތީ އިރާދަ ކުރެއްވިއްޔާ އުޖާލާ ދުވަސްތަކެއް. ތަނަވަސްކަމާއި އުފާފާގަތި ޖަޒީރާ ދިރިއުޅުމެއްގެ ބަހާރު މޫސުން އަލިވިލޭ ވިލުމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަސައްކަތުގައި އެމަނިކުފާނު ދެމިތިބުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް އެމްޑީޕީ އަށް ރާއްޖޭގެ ވެރިކަން ހޯދައި ދިނުން ކަމަށެވެ. އެއީ ރާއްޖެ އަށް ބޭނުންވާ ހަމަޖެހުމާއި ތަރައްގީ ގެނެވޭނީ އެމްޑީޕީ ވެރިކަމުގައި އޮވެގެން ކަމަށް އެމަނިކުފާނަށް ގަބޫލުކުރެވޭތީ ކަމަށް ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ