ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޔާޒު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި ބައްދަލުކުރައްވައިފިއެވެ.
މި ދެ ބޭފުޅުން ގާސިމާ ބައްދަލުކުރައްވާފައި ވަނީ ގާސިމްގެ ރިސޯޓު ސަން އައިލެންޑުގައެވެ. މި ދެ ބޭފުޅުން ގާސިމާ ބައްދަލުކުރައްވަން އިންނެވި ފޮޓޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެހެންނަމަވެސް އެ ބައްދަލުވުމާއި ގުޅޭ އެއްވެސް ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
އަސްލަމާއި އަލީ ނިޔާޒު ގާސިމާ ބައްދަލުކުރައްވާފައި މިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިދިޔަ ހުކުރު ދުވަހު އެމްޑީޕީގެ ރިޔާސީ ޓިކެޓު އަރުވާފައި ވަނިކޮށެވެ.
ގާސިމާ މި ދެ ބޭފުޅުން ބައްދަލުކުރެއްވިއިރު ޖުމްހޫރީ ޕާޓީގެ ފަރާތުން މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ވާދަ ކުރައްވާނެ ކަމަށް އެޕާޓީގެ އިސް ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ. އެ ބޭފުޅަކީ ސީދާ ކޮން ބޭފުޅެއްކަން އަދި އިއުލާން ނުކުރި ނަމަވެސް ގާސިމަށް ތާއީދު ކުރައްވާ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އަންނަނީ "ގާސިމް2023" މި ނަމުގައި ކެމްޕެއިން ކުރަމުންނެވެ.
ގާސިމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ކޯލިޝަން ޕާޓްނަރެކެވެ. ގާސިމް ނުވަތަ ޖުމްހޫރީ ޕާޓީ އަކީ ސަރުކާރު ކޯލިޝަނުގައި އެންމެ ބޮޑު ޕަސެންޓެއް ވެސް ލިބިފައިވާ ޕާޓީއެވެ. އެހެންކަމުން އަސްލަމާއި އަލީ ނިޔާޒު ގާސިމާ ބައްދަލުކުރެއްވީ 2023ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާ ކޯލިޝަން ހެދުމާއި ގުޅޭ މަޝްވަރާ އަށް ކަމަށް ބެލެވެއެވެ.
މީގެއިތުރުން މިހާރު ރައީސް ސޯލިހާ ހިޔާލު ތަފާތުވެފައިވާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް އަންނަނީ ރިޔާސީ އިންތިހާބަށް ގާސިމްގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ