ގެއްލިގެން ހޯދަމުންދާތާ ދެ ހަފްތާ ފަހުން، ސ. މަރަދޫފޭދޫ، ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް ފުލުހުންނަށް ފެނުނީ އެއާޕޯޓު ތެރެއިން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އާސިރު ފެނުނީ އެއާޕޯޓު ޓާމިނަލް ތެރެއިން ކަމަށެވެ. އާސިރު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ފެނުނީ މިމަހުގެ 17ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ އާސިރު ގެއްލުނު މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އާސިރު ފެނުނުއިރު އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އާސިރު ފެނުނު ރެއާ ފެނުމާ ހަމައަށް ފުލުހުން ބުނަމުން ގެންދިޔައީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ އިރާކޮޅު މާލެއިން ޓެކްސީއެއްގައި ހުޅުލޭ އެއާޕޯޓަށް ގޮސް، ޓާމިނަލަށް ފޭބިފަހުން އޭނާ ފެނިފައިނުވާ ކަމަށެވެ. އޭނާ ހޯދުމަށްޓަކާ 150 ގަޑިއިރަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖު ބަލާފައިވާ ކަމަށާއި އެއާޕޯޓްގެ އެކި ސަރަހައްދުތައް ބަލައި ފާސްކޮށް، އޭނާ ފުރައިގެން ދިޔަތޯ ވެސް ބެލި ކަމަށެވެ. ނަމަވެސް އޭނާ ފުރިކަމެއް ރެކޯޑުތަކުން ފެންނާކަށް ނެތެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ