ސަޕްލައި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ ލ. މާވަށުގެ ދެކުނުން 7 ނޯޓިކަލް މޭލު ބޭރުން "ނޫރު-2" ނަމަކަށް ކިޔާ ދޯންޏެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު ހެނދުުނު 7:15 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ސިފައިން ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ދިޔައިރު ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އެހެންނަމަވެސް އެ ދޯނިން ދަތުކުރި ހަތަރު ފަޅުވެރިން [ދިވެއްސަކާއި ތިން ބިދޭސީން] ކަނޑުމަތިން ކޯސްޓްގާޑަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި އެ މީހުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.
އެ ދޯނި ދަތުރު ކުރަމުން ދިޔައީ ރ. އަތޮޅު ރޮބިންސަން އައިލެންޑު ރިސޯޓަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ