އައްޑޫ ސިޓީގައި ކުރިޔަށް ގެންދާ ތަރައްގީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ރައްޔިތުންގެ އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދެވިއްޖެ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ އައްޑޫގެ މަޝްރޫއުތަކާއި ގުޅިގެން ރައްޔިތުންގެ ހުރި ނުތަނަވަސް ކަމަށް ހައްލެއް ހޯދައި ދިނުމަށް އެމަނިކުފާނު ސީދާ އައްޑޫ އަށް ވަޑައިގެން ހޭދަ ކުރެއްވި ދުވަސްތަކުގައި އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދެވިއްޖެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"މަސައްކަތްތަކުގެ ސްޕީޑުވެސް ރަނގަޅު ކަމަށް ގަބޫލުކުރަން، އައްޑޫގެ މަސައްކަތްތަކުގައި ހުރި މައްސަލަތައް ވެސް އަޅުގަނޑަށް ހަމަ ލޮލަށް ފެނިއްޖެ، އޭގެތެރެއިން އަޅުގަނޑުމެން އަވަހަށް ހައްލު ހޯދަން ހުރި ކަންތައްތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން ގެންދަން. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެންނަށް ވާނެ،" އަސްލަމް ވިދާޅުވިއެވެ.
އައްޑޫގެ އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ކުރިޔަށް ގެންދާ އެއް މަސައްކަތަކީ މަގު ހެދުމުގެ މަސައްކަތެވެ. ނަމަވެސް އެ މަސައްކަތްތަކާއި ގުޅޭ ގޮތުން އައްޑޫގެ ބައެއް މަޖިލިސް މެންބަރުންނާއި އާއްމު ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.
އެހެންކަމުން މިމަހުގެ 12ވަނަ ދުވަހު މިނިސްޓަރު އަސްލަމް އައްޑޫ އަށް ވަޑައިގެން އެ ސިޓީގައި ހުންނަވާ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ