މިއަހަރު ރާއްޖެ އިން ހައްޖަށް ގެންދިއުމަށް 1،000 ކޯޓާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސައުދީ ސަރުކާރުން ދިވެހިރާއްޖެ އަށް ދެއްވާ 1،000 ހައްޖު ކޯޓާ ލިބިފައިވާ ކަމަށެވެ. އަދި އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރުގެ ޓްވީޓުގައި ވިދާޅުވިއެވެ.
https://twitter.com/AhmedZahirAli/status/1628259605318103040?s=20
މި އަދަދަކީ ކޮވިޑް19 ގެ ކުރިން ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ދެމުން ގެންދިޔަ އަދަދެވެ. މިއަހަރު ރާއްޖެ އަށް 1،000 ހައްޖު ކޯޓާ ލިބުނުއިރު މިދިޔަ އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ލިބުނީ 453 ހައްޖު ކޯޓާއެވެ.
މިދިޔަ އަހަރު ހައްޖަށް ދިއުމަށް ރާއްޖެ އިން މީހުންނަށް ދެވުނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ 65 އަހަރުން ދަށުގެ މީހުންނަށެވެ. މިދިޔަ އަހަރު ސައުދީ އަށް އެތެރެވުމުގެ ކުރިން ނެގެޓިވް ޕީސީއާރް ޓެސްޓެއް ހުށަހަޅަން ވެސް ޖެހެއެވެ.
މިއަހަރުގެ ހައްޖު ދުވަހުގެ ގޮތުގައި ކަލަންޑަރުގައި ވަނީ ޖުލައި މަހުގެ 27ވަނަ ދުވަހެވެ.
އައްޑޫ ބްރިޖްގެ ކޮންސަލްޓަންސީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
އެންއައިސީއަށް 4 ބޭފުޅަކު އައްޔަންކުރައްވައިފި
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ
ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި