މާފަންނު ފިހާރައެއްގެ ތެރޭގައި ޒުވާނަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ ޒަހަމްވެފައި ވަނީ 30 އަހަރުގެ ޒުވާނެއް ކަމަށާއި އޭނާއަށް އައިޖީއެމްއެޗްގެ އެމެޖެންސީގައި ފަރުވާ ދެމުންގެންދާ ކަމަަށެވެ.
މާރާމާރީ ހިންގާފައި ވަނީ ބީޖީ ގަރާރު ސަރަހައްދުގައި ހުންނަ ފިހާރައެއްގައެވެ.
އެނގިފައިވާ ގޮތުގައި އެ ފިހާރައަށް ވަދެ އެ ޒުވާނާ ޒަހަމްކޮށްލީ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ވެގެންނެވެ. އޭނާއަށް ހަމަލާދިނީ އެ ފިހާރައަށް ވިޔަފާރިކުރަން ވަދެ ހުއްޓައެވެ.
ޒަހަމްކޮށްލި ޒުވާނާގެ ގައިގެ އެތަން މިތަނަށް ވަޅި ހަރާފައި ހުރި ކަމަށް މަންޒަރު ދުން މީހުން "ހަތާވީސް"އަށް ކިޔައިދިނެވެ. އަދި އެ ޒުވާނާ ޒަހަމްވެގެން ބިންމައްޗަށް ވެއްޓުނުއިރު އޭނާގެ ގަޔަށް ޖެހި ވަޅި ނުނެއްޓި ހުރި ކަމަށްވެއެވެ.
މި މާރާމާރީއާ ގުޅޭ ގޮތުން ފުލުހުން އަދި ރަސްމީކޮށް އެއްޗެއް ނުބުނެއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ