ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބު ލީޑަރުންނަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އާއި މިހާރު ވެސް ޑެޕިއުޓީ ލީޑަރުކަމުގައި ހުންނެވި އަމީން އިބްރާހިމާ އެކު، އާ ތިން ބޭފުޅަކު އެ މަގާމަށް އިންތިހާބުވެއްޖެއެވެ.
ޖޭޕީގެ ޑެޕިއުޓީ ލީޑަރުންނަށް އިންތިހާބު ކުރާ ފަސް ބޭފުޅުންގެ މަގާމު އެންމެ ފުރަތަމަ ކަށަވަރުކުރެއްވީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން މިނިސްޓަރު އައިޝަތު ނަހުލާއެކެވެ. ކޮންގްރެސްގައި ބައިވެރިވެވަޑައިގެންނެވި 558 މަންދޫބުން އައިޝާއަށް ވޯޓު ދެއްވިއެވެ. ވޯޓުލުން ކުރިއަށް ގެންދިޔައީ ސިއްރު ވޯޓެއްގެ ގޮތުގައެވެ.
ޖޭޕީގެ ޑެޕިއުޓީ ލީޑަރުންނަށް އިންތިހާބުވި ބޭފުޅުން:
ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ
އަމީން އިބްރާހިމް، މާލެ ސިޓީ، ހ. ހާލި
އަހުމަދު ސައުދު، އދ. މާމިގިލި، ހެވަން
އިގްބާލް އާދަމް، މާލެ ސިޓީ، ގަލޮޅު ވަށަފަރު
ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އަލީ ޝާހު
ހުކުރު ދުވަހު ދަރުބާރުގޭގައި ފެށި ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ޑެޕިއުޓީ ލީޑަރުން އިންތިހާބު ކުރުމުގެ ވޯޓުލުން އިއްޔެ ހެނދުނު ފެށި ގޮތަށް ރޭ ފަތިސްވަންދެން ވެސް ވޯޓު ގުނުން ކުރިއަށްދިޔައެވެ. އެންމެ ފަހު ފޮށި އިއުލާންކުރީ ފަތިސްނަމާދަށް ބަންގި ވެސް ގޮވި ފަހުންނެވެ.
ތިން ދުވަހަށް ދެމިގެންދިޔަ ޖޭޕީގެ ކޮންފަރެންސްގައި ޖޭޕީގެ ކައުންސިލަށް މެމްބަރުން އިންތިހާބު ކުރުން ވެސް ކުރިއަށް ގެންދިޔައެވެ. އެގޮތުން ޖޭޕީ ކައުންސިލްގެ 25 މަގާމަކަށް 65 ބޭފުޅުން ވާދަކުރެއްވިއެވެ. އަދި އަންހެނުންގެ ލީގުގެ ރައީސްގެ މަގާމަށާއި ނައިބު ރައީސްގެ އިތުރުން އަންހެނުން ލީގަށް މެމްބަރުން އިންތިހާބު ކުރުން ވެސް ކޮންފަރެންސްގައި ކުރިއަށް ގެންދިޔައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ