ކ. ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރިލް މަހުގެ 15ވަނަ ދުވަހު ބާއްވާ ގޮތަށް އީސީ އިން ނިންމާފައިވާ ކަމަށެވެ.
ހަބީބު ވިދާޅުވީ އެ އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް މާދަމާ އިން ފެށިގެން ފޯމު ބަލައިގަންނަމުން ދާނެ ކަމަށެވެ.
https://twitter.com/IsmailHabeeb/status/1629730599803166721?s=20
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އީސީ އިން ނިންމީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހިމް ރިޒާ އަވާހަރަވުމާއި ގުޅިގެންނެވެ. ރިޒާ އަވަހާރަވީ މިމަހުގެ 23ވަނަ ދުވަހުއެވެ.
އޭނާ އަވަހާރަވީ މެލޭޝިއާގައެވެ. އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ރިޒާ މަޖިލީހުގެ ޖަލްސާތަކަށް ވަޑައިނުގަންނަވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އާލާސްކަންފުޅާ އުޅުއްވާތީ، މިދިޔަ އަހަރުގެ ގިނަ ޖަލްސާތަކަށް އޭނާ ވަޑައިނުގަންނަވައެވެ. އަދި މިދިޔަ އަހަރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދެއްކިކަން ޔައުމިއްޔާއަކުން އެނގެން ނެތެވެ.
ރިޒާ ވަނީ ހިނގަމުންމިދާ 19 ވަނަ މަޖިލީހުގެ އިތުރުން 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައެވެ.
އޭނާ ތަމްސީލު ކުރައްވާ ކ. ގުރައިދޫ ދާއިރާގައި ހިމެނެނީ ކ. ގުޅި، ކ. ގުރައިދޫ، އަދި ކ. މާފުށިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ