މީގެ އަހަރުތަކެއް ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގައި އަނިޔާވެރި ގޮތަކަށް މަރާލި އަޒްލީނާ ނަފީސްގެ ގާތިލް ޒުހައިރު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ޒުހައިރުގެ މައްޗަށް އިއްވި ހުކުމް ތަންފީޒު ކުރުމަށްފަހު މިހާރު އޭނާ ދިރިއުޅެމުން އަންނަނީ އޭނާގެ އުފަން ރަށް ކަމަށްވާ ކ. ދިއްފުށީގައެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އެރަށު އަތިރިމަތީގައި ހުރި ޖޯއްޔެއްގައި އޮއްވައެވެ.
އެކަމާއި ގުޅިގެން ރަސްމީ އެއްވެސް އިދާރާއަކުން އަދި އެއްޗެއް ހާމައެއް ނުކުރެއެވެ.
މީގެ 21 އަހަރު ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ތެރޭގައި އަޒްލީނާ މަރާލި މައްސަލާގައި ޒުހައިރުގެ މައްޗަށް 2002ވަނަ އަހަރު އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް 2013ވަނަ އަހަރުގެ ތެރޭގައި އޭނާ މިނިވަންކުރިއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ