ތ. ބުރުނީގައި ރުކެއް ދަށުވެ، މީހަކު މަރުވެ އިތުރު ބަޔަކު ސީރިއަސް ހާލަތަކަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ބުނީ ތ. ބުރުނީގައި ރުކެއް ވައްޓާލާ އެރުއް ފުރޮޅާލަން އުޅުމުގެ ތެރޭގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިއަދު 16:44 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ބުރުނީ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި އަދި އިތުރު ފަރުވާ އަށް ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭގެތެރެއިން އެކަކު މަރުވެފައިވާ ކަމަށާއި އަދި ބާކީ ތިބި ތިން މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށާއި އޭގެތެރެއިން ދެ މީހަކު ސީރިއަސް ހާލަތުގައިވާ ކަމަށެވެ.
މަރުވި މީހާގެ ހަށިގަނޑާއި އަނިޔާވި އިތުރު ތިން މީހުންގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ