ރައްޔިތުން މަޖިލީހުގެ ކޮމެޓީތަކުގައި ހުރި ބިލުތަކުގެ މަސައްކަތްތައް އަވަސް ކޮށްދެއްވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކުގައި ބިލުތަކުގެ މަސައްކަތްތައް ކުރިޔަށްދާ ކަމަށާއި އެހެންނަމަވެސް ބައެއް ބިލުތަކަށް އިތުރަށް މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ކޮމެޓީތަކުގެ ވަގުތު އިތުރު ކޮށްގެން ނަމަވެސް އެ މަސައްކަތްތައް ނިންމަވައި ދެއްވުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ.
ނަޝީދު ވިދާޅުވީ އޭގެތެރެއިން ގިނަ މަސައްކަތްތަކަކީ އެކިއެކި ސަބަބުތަކަށްޓަކައި މަޖިލީހުގައި މަޑުޖެހިފައި ހުރި މަސައްކަތްތައް ކަމަށެވެ. އެގޮތުން ބައެއް މަސައްކަތްތަކީ ސަރުކާރާއި ވާހަކަ ދައްކައިގެން ހައްލު ކުރަންޖެހޭ ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވަނީ އޭގެތެރެއިން ބައެއް ބިލުތަކުގެ ނަންތައް ހާމަ ކުރައްވާފައެވެ. އެގޮތުން ވިދާޅުވީ ޖުޑީޝަރީ ކޮމެޓީގައި ހަތް ބިލެއްގެ މަސައްކަތްވާ ކަމަށާއި އެ ބިލުތަކުގެ މަސައްކަތްތައް އަވަސް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އޭގެތެރެއިން ބައެއް ބިލުތަކަކީ:
- އިފްލާސްވުމާއި އިފްލާސް ކުރުމުގެ ބިލު
- ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
- ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
ނަޝީދު ވަނީ ބިނާވެށި ޕްލޭން ކުރުމުގެ ބިލުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމަވައި ދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ. ތިން ކޮމެޓީއެއް އެކުވެގެން ކުރިޔަށް ގެންދާ އެ ބިލުގެ މަސައްކަތް ނިންމަވައި ދެއްވުމަށް ނަޝީދު އެދިވަޑައިގަތީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ފާސްކުރުން އަވަސް ކުރުމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ