ހުޅުމާލެ ދެ ވަނަ ފިޔަވަހިން ސަރުކާރުން ގަތް 17 ބިމަކީ ފްލެޓް އަޅަން ގަތް، ބިންތަކެއް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
ހުޅުމާލެއިން ސަރުކާރުން ގެނެފައި ވަނީ 15،000 އަކަފޫޓާއި 66،00 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. އެ ބިންތަކުގެ އަގު 878 މިލިއަން ރުފިޔާއަށް އަރައެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބިންތައް ވިއްކާފައި ވަނީ އެޗްޑީސީ އާއި ފިނޭންސް މިނިސްޓްރީ އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
"މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ބިމުގެ މިކްލުވެރިކަން ބަދަލު ކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ފައިސާ ދައްކާ ހަލާސް ކުރުމުން ކޯޓު މެދުވެރިކޮށް މި މަހު ވަނީ މި ބިންތަކުގެ މިލްކުވެރިކަން މިނިސްޓްރީ އޮފް ފިނޭންސްގެ ނަން މައްޗަށް ބަދަލުކުރެވިފައެވެ،" އެޗްޑީސީން ނެރުނު ބަޔާނުގައިވެއެވެ.
އެޗްޑީސީން ބުނީ ހުޅުމާލެ ދެ ވަނަ ފިޔަވަހި ހިއްކުމަށާއި އެކި އުމްރާނީ ވަސީލަތްތައް ގާއިމު ކުރެވިފައި ވަނީ އެ ކޯޕަރޭޝަނުން ލޯނު ނަގައި އަދި އެކި ގޮތްގޮތުން ހަރަދުކޮށްގެން ކަމަށާއި ހުޅުމާލެގެ ބިން އެކި ބޭނުންތަކަށް ދިނުމަށާއި ވިއްކުމުގައި އަބަދުވެސް ބިމުގެ އަގު ކަނޑައެޅިފައިވާ ކަމަށެވެ. ކޮންމެ މަޝްރޫއެއްގެ ބިމުގެ އަގު ދެއްކުމުން މިލްކުވެރިކަން މިގޮތަށް ބަދަލު ކުރަމުން ގެންދާ ކަމަށް އެޗްޑީސީން ބުންޏެވެ.
"މި ބިންތަކަކީ އިޖްތިމާއީ ބޯހިޔާވަހިކަން ދިނުމަށް ބޭނުން ކުރެވޭނެ ބިންތަކެއް ކަމުން، ބިމުގެ އަގަކީ ވެސް މަޝްރޫއު ހިންގާ، އާންމުންނަށް ފޯރުކޮށްދޭ އިރު، ލުއި އަގުތަކެއް ހަމަޖެއްސުމަށް މަގުފަހިވެގެން ދާނެ ގޮތަށް ކަނޑައެޅިފައިވާ އަގެއްކަމުގައި ވެސް ދަންނަވަމެވެ،" އެޗްޑީސީގެ ބަޔާނުގައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ