ހދ. ވައިކަރަދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް މީހަކު އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބު ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އިން ކާމިޔާބު ކޮށްފިއެވެ.
މި އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓު ފާތިމަތު ޝިޒުނާއެވެ. އޭނާ މި އިންތިހާބު ކާމިޔާބު ކުރީ 134 ވޯޓުންނެވެ.
މި އިންތިހާބުގައި ޝިޒްނާއާ ދެކޮޅަށް ވާދަކުރީ އަދާލަތު ޕާޓީގެ ކެންޑިޑޭޓު ފާތިމަތު ނަޒްލާއެވެ. އޭނާ އަށް ލިބުނީ 105 ވޯޓެވެ.
ފައްސަތޭކަ ހަތްދިހަ މީހަކު ވޯޓުލީ މި އިންތިހާބުގައި 35 ބާތިލް ވޯޓު ލާފައިވެއެވެ.
އެމްޑީޕީ އިން ވައިކަރަދޫ ކައުންސިލް އަންހެން މެންބަރުގެ ގޮނޑި ކާމިޔާބު ކޮށްފައިވާއިރު އަންހެނުން ކޮމެޓީގެ އިންތިހާބު ކާމިޔާބު ކޮށްފައި ވަނީ އަދާލަތު ޕާޓީގެ ފަރާތުން އިންތިހާބުގަައި ވާދަކުރި ކެންޑިޑޭޓެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ