ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
އެންޓޯނިއޯއާ ރައީސް ބައްދަލު ކުރެއްވީ ގަތަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ދޯހާގައެވެ.
މި ބައްދަލު ކުރެެއްވުމުގައި ރާއްޖޭގެ ތަރައްގީއަށް ޔޫއެން އިން ވަމުންދާ އެހީތަކާއި އެ ޖަމާއަތުގެ އިދާރާތަކުން އަދާކުރަމުންދާ ރޯލާ ގުޅޭ ގޮތުން ދެ ފަރާތުން ވާހަކަ ދައްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.
[caption id="attachment_48503" align="alignnone" width="2560"] ޔޫއެންގެ ސެކްރަޓަރީ ޖެނަރަލްއާ އެކު، ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިން— ފޮޓޯ/ ރައީސް އޮފީސް[/caption]
ރައީސްގެ މި ބައްދަލި ކުރެއްވުމަކީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ އދ.ގެ ފަސްވަނަ ކޮންފަރެންސް ފެށުމުގެ ކުރިން ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޝާހިދާއި ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމާއި ރައީސް އޮފީހުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ