ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ ޖުމްހޫރީ ޕާޓީން އަމަލު ކުރާނެ ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް އެ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހް ވިދާޅުވެއްޖެއެވެ.
އަލީ މިފަދައިން ވިދާޅުވެފައި މިވަނީ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވާހަކައަކާއި ގުޅިގެންނެވެ. އެގޮތުން ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ނިންމާފައިވާ ކަމަށާއި އެހެން ޕާޓީއަކާއެކު ކޯލިޝަން ހަދަން ޖެހިއްޖެ ނަމަ އެ ބާރު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ދެއްވާފައިވާ ކަމަށްވެސް ސޯޝަލް މީޑިއާގައި އަންނަނީ ވާހަކަތައް ދެކެވެމުންނެވެ.
މީޑިއާތަކަށް ހާއްސަކޮށް ޖޭޕީން ހަދާފައިވާ ވައިބާ ގްރޫޕްގައި އަލީ ސޯލިހް މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެޕާޓީން ވާދަ ކުރުމާއި ގުޅޭ ގޮތުން ނުވަތަ އެޕާޓީން ރިޔާސީ އިންތިހާބުގައި އަމަލު ކުރާނެ ގޮތަކާއި ގުޅޭ ގޮތުން އަދި އެއްވެސް ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
އެމްޑީޕީއާއެކު ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ރައީސް ސޯލިހުގެ ފަރާތުން ވަނީ ދައުވަތު އަރުވައިފައެވެ. ނަމަވެސް އަދި ޖުމްހޫރީ ޕާޓީން އެކަމުގައި ގޮތެއް ނިންމާފައެއް ނުވެއެވެ.
ނަމަވެސް އަދާލަތު ޕާޓީން ވަނީ އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމައިފައެވެ. އަދާލަތުގެ އިތުރުން އެމްޑީއޭ އިން ވެސް ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރުމަށް ނިންމައިފައެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ އެމްޑީޕީއާއެކު ކޯލިޝަން ހެދުމާއި ގުޅޭ މަޝްވަރާ އަށް އިމްރާން މިއަދު ގާސިމާ ބައްދަލުކުރެއްވި ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. އެއާއެކު އަދާލަތުގެ ރައީސް އިމްރާން މިއަދު ވަނީ ގާސިމް އިބްރާހީމް ރިޔާސީ އިންތިހާބާއި މެދު ގޮތެއް ނިންމަވާނީ ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ މަސްލަހަތަށް ވަރަށް ބޮޑަށް ވިސްނެވުމަށްފަހު ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި ރައީސް މައުމޫންގެ އެމްއާރްއެމް އަކީ މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންނެވެ. އެކަމަކު އެމްޑީޕީއާއެކު ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން އެމްއާރްއެމް އިން ވެސް އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ