ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާއާ ގުޅޭ ޝަރީއަތްތައް ލަސްވާތީ އެ މައްސަލަ ގާތުން ބެއްލެވުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަންކުރައްވާފައިވާ ހާއްސަ މަންދޫބު، އައްބާސް ފާއިޒް އަނެއްކާވެސް ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
މިދިޔަ އަހަރު ވެސް އޭނާ ވަނީ އެކަމުގައި ކަންބޮޑުވުންތަކެއް ހުރީތީ އެކަން ފާހަގަ ކުރައްވާފައެވެ.
އައްބާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް ލަސްވާތީ ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާއާ ބައްދަލުކުރެއްވި ކަމަށެވެ. ނަމަވެސް ޝަރީއަތް ލަސްވާން ޖެހޭ ފަދަ އެއްވެސް ސަބަބުތަކެއް ދެއްކިފައި ނުވާ ކަމަށް ވިދާޅުވިއެވެ.
https://twitter.com/tweetafaiz/status/1633107473648214018?s=20
ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުން އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ އައްބާސް ފާއިޒް ހަމަޖައްސަވާފައި ވަނީ 2021ވަނަ އަހަރުގެ މެއި މަހުގެ 19ވަނަ ދުވަހުއެވެ.
ހަމަލާއާ ގުޅޭ އެންމެހާ ތަހުގީގެއްގައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން ޕްރޮސެކިއުޓަރު ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި، އެ މައްސަލައިގައި އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް އެބޭފުޅާ ތައްޔާރުކުރައްވާނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ