ރައްޔިތުން މަޖިލީހުގައި އަންހެނުންގެ ދައުރު އިތުރު ކުރަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަކީ ސިޔާސީ ޕާޓީތަކުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މަޖިލީހުގައި އަންހެނުންގެ ދައުރު އިތުރު ކުރުމާއި ގުޅޭ ގޮތުން ފަހި ގޮތްތަކެއް ހޯދައި ދޭން ޖެހޭ ކަމަށެވެ. އަދި އެއީ ވަކި މީހެއް ނުވަތަ ބައެއް ޒިންމާއެއް ނޫންކަން ފާހަގަކުރައްވާ ނަޝީދު ވަނީ އެއީ އެންމެންގެ ވެސް ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ.
މަޖިލީހުގައި އަންހެނުންގެ ދައުރާ ގުޅޭ ގޮތުން ރައްޔިތުން މިއަދު ވިސްނާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގައި މިހާރު 87 މެންބަރުން ތިއްބަވާއިރު އޭގެތެރެއިން އަންހެން މެންބަރުންގެ ގޮތުގައި ތިއްބަވަނީ ހަތަރު މެންބަރުންނެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ