ކ. ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމާއި ގުޅިގެން، ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އިން ބާއްވާ އެ ދާއިރާގެ ބައި-އިލެކްޝަން ޕްރައިމަރީގައި 800 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީ އިން މިއަދު ވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީ ޕްރައިމަރީގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ދާއިމީ ވޯޓާސް ލިސްޓް އެމެންބަރުން ވޯޓުލުމަށް ރަޖިސްޓަރީ ކުރެވިފައިވާ ރަށާއެކު އާއްމުކޮށްފައެވެ.
އެޕާޓީން ބުނީ އެ ޕްރައިމަރީގައި ހަތަރު ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށެވެ.
އެމްޑީޕީ އިން ބުނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ގައި އެޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ 11 މާޗް 2023 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރިލް މަހުގެ 15ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމާފައެވެ.
ރިޒާ އަވަހާރަވީ މިދިޔަ މަހުގެ 23ވަނަ ދުވަހުއެވެ. އޭނާ އަވަހާރަވީ މެލޭޝިއާގައެވެ. އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ