އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން 17 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ވެސް ދޫކޮށްލައިފިއެވެ.
އެ ހުރިހާ އެންމެން ވެސް ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތުގައެވެ. ނަމަވެސް އެ އެންމެން ވެސް މިހާރު ވަނީ ދޫކޮށްލައިފައެވެ.
ރޭގެ މުޒާހަރާ އިން އިދިކޮޅު ކޯލިޝަންގެ ކައުންސިލް ބައެއް މެންބަރުންނާއި އާއްމު މެންބަރުން ވެސް ހައްޔަރުކުރިއެވެ.
އިދިކޮޅުން މާލޭގައި ސިލްސިލާކޮށް ކުރިޔަށް ގެންދާ މުޒާހަރާ އަކީ އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލަށްލުމާއި ގުޅިގެން ބާއްވަމުން އަންނަ މުޒާހަރާއެކެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ