މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި، މިހާރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިން ވާދަ ކުރުމަށް އެޕާޓީގެ ކައުންސިލުން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އެގޮތަށް ފާސްކުރީ ކައުންސިލް ބައްދަލުވުމަށް ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މި ނިންމުމާއެކު ޖޭޕީގެ ރިޔާސީ ކެންޑިޑޭޓުކަން ވެސް އެޕާޓީގެ ލީޑަރު ގާސިމަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި އިންތިހާބު ކާމިޔާބު ކުރުމަށް އިތުރު ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ ބާރުވެސް ޖޭޕީގެ ކައުންސިލުން ވަނީ ދީފައެވެ.
ޖޭޕީން އެ ނިންމުން ނިންމާފައިވާއިރު މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ރައީސް ސޯލިހު ވަނީ ގާސިމަށް ދެއްވައިފައެވެ. އަދި ރައީސްގެ ފަރާތްޕުޅުން ބައެއް މަންދޫބުން ވެސް އެކަމުގެ މަޝްވަރާތައް ކުރެއްވުމަށް ގާސިމް އަރިހަށް މީގެކުރިން ވަޑައިގެންފައި ވެސް އެބަ ހުއްޓެވެ.
އަދި ގާސިމް އިބްރާހީމް ވަނީ ދާދިފަހުން ރައީސް އޮފީހަށް ވަޑައިގެން ރައީސް ސޯލިހާ ވެސް ބައްދަލުކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް ގާސިމް ވެސް އަދި ރައީސް ސޯލިހުގެ ފަރާތްޕުޅުން ވެސް ހިއްސާ ކުރައްވާފައެއް ނުވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ