ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް "ދުއްތުރާ" ނުކޮށް ހަމައެކަނި ވެރިކަން ކުރައްވާނެ ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު މިރޭ ވިދާޅުވެއްޖެއެވެ.
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ނުކުތުމަށް އެ ޕާޓީގެ ކައުންސިލުން ވަނީ ފާސްކޮށްފައެވެ. އެއާއެކު ސަމީރު ވަނީ ޖޭޕީން އިސްތިއުފާ ދެއްވާފައެވެ.
"ހަތާވީސް" އާ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރުކަންވެސް ކުރެއްވި ސަމީރު ވިދާޅުވީ މިހާތަނަށް ޖުމްހޫރީ ޕާޓީއަށް މާޒީގައި، ކޯލިޝަންގެ ތަޖުރިބާ ހިތި ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާ އަދި ކުރީގެ ރައީސް ޔާމީންއާ އެކު ހެދި ކޯލިޝަންގެ އެއްބަސްވުންތައް މާ ގިނަ ދުވަސްތަކެއް ދެމިގެން ގޮސްފައިނުވާ ކަމަށް ސަމީރު ވިދާޅުވިއެވެ.
ނަމަވެސް ކޯލިޝަން ދެމިއޮތީ މި ސަރުކާރުގައިކަން ފާހަގަކުރައްވާ ސަމީރު ވިދާޅުވީ ގައުމަށް ހަމަޖެހުމައި ކުރިއެރުން ގެނެސްދިނީ މި ސަރުކާރުން ކަމަށެވެ.
"ގާސިމް އިބްރާހިމް ކުރައްވަން ފެއްޓެވި މަސައްކަތުގައި އެމަނިކުފާނަށް ދުއްތުރާއެއް ނުކޮށް އުނދަގޫ ހާލަތެއް ނުޖައްސާ، އެމަނިކުފާނު ޖަލަށް ނުލައި އަދި އަނިޔާވެރިކަމެއް ނުދީ ހަމައެކަނި ކޯލިޝަނެއް ތެރޭގައި މިއޮތީ މި ސަރުކާރުގެ ކޯލިޝަން" އޭނާ ވިދާޅުވިއެވެ.
ސަމީރު ވިދާޅުވި ގޮތުގައި ރައީސް އިސްކުރައްވަނީ ގައުމީ މަސްލަަހަތާއި އިޖުތިމާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމެވެ.
ޖޭޕީން ރިޔާސީ އިންތިހާބަށް ނުކުތުމަށް ފެންނަކަމަށް ބައިވެރިވެވަޑައިގެންނެވި 49 މެމްބަރުން ވޯޓު ދެއްވިއެވެ. އެ ބައްދަލުވުމުގައި ވަކި ގޮތަކަށް ވޯޓު ނުދެއްވަނީ ސަމީރު އެކަންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ