ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި މިހާރު ދެމުން އަންނަ މިންވަރު ބޮޑު ކުރުމަށް ގޮވާލާ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މަޖިލީހަށް ޝިޔާމް މިއަދު ހުށަހެޅި ގަރާރުގައި ވަނީ ވަޒީފާއާ ބެހޭ ގާނޫނުގައި ރަމަޟާން މަހުގެ އިނާޔަތާއި ގުޅޭ ގޮތުން އޮންނަ ބައި އިސްލާހު ކުރުމަށް ގޮވާލައިފައެވެ. ސަބަބެއް ކަމަށް ޝިޔާމް ވަނީ ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ޝިޔާމް ވަނީ ރަމަޟާން މަހުގެ އިނާޔަތަކީ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ލިބެންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ރޯދަ އިނާޔަތް ހަމަހަމަ ކަމާއެކު ލިބޭނެ އުސޫލެއް ގާއިމް ކުރުމަށް އޭނާގެ ކުއްލި މައްސަލާގައި ގޮވާލާފައިވެއެވެ.
ނަމަވެސް އެ މައްސަލަ ބަލައިގަތުމާއި ގުޅޭ ގޮތުން ނެގި ވޯޓުގައި 27 މެންބަރުން ވޯޓު ދެއްވީ އެ މައްސަލަ ބަލައިގަތުމާއި ދެކޮޅަށެވެ. މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ވަޒީފާ އަދާ ކުރާ ކޮންމެ މީހަކަށް ވެސް ރަމަޟާން މަސް ފެށުމުގެ ކުރިން 3،000 ރުފިޔާގެ އިނާޔަތެއް ދޭން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ