މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި، ވާދަ ކުރުމަށް މިހާރު ނިންމާފައިވާ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖޭޕީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނީ އާއްމުކޮށް ހުރިހާ މެންބަރުންނަށް ހުޅުވާލައިގެން ބާއްވާ ރިޔާސީ ޕްރައިމަރީ އަކުން ކަމަށެވެ.
އިއުލާނުގައި ބުނެފައި ވަނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރުމަށް އެދޭ ފަރާތްތަކުން މިމަހުގެ 30ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ޖޭޕީގެ މައި އޮފީސް މ. ކުނޫޒަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ރިޔާސީ އިންތިހާބަށް ވަކިން ނިކުތުމަށް ނިންމައިފައެވެ.
ޖޭޕީން އެ ނިންމުން ނިންމާފައިވާއިރު މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ރައީސް ސޯލިހު ވަނީ ގާސިމަށް ދެއްވައިފައެވެ. އަދި ރައީސްގެ ފަރާތްޕުޅުން ބައެއް މަންދޫބުން ވެސް އެކަމުގެ މަޝްވަރާތައް ކުރެއްވުމަށް ގާސިމް އަރިހަށް މީގެކުރިން ވަޑައިގެންފައި ވެސް އެބަ ހުއްޓެވެ.
އަދި ގާސިމް އިބްރާހީމް ވަނީ ދާދިފަހުން ރައީސް އޮފީހަށް ވަޑައިގެން ރައީސް ސޯލިހާ ވެސް ބައްދަލުކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް ގާސިމް ވެސް އަދި ރައީސް ސޯލިހުގެ ފަރާތްޕުޅުން ވެސް ހިއްސާ ކުރައްވާފައެއް ނުވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ