ފޮޓޯއިން ފެންނަނީ އިންޑިއާ މީހެކެވެ. އޭނާ ލައިގެން ހުރި ހެދުމަކީ އާންމުކޮށް އިންޑިއާގެ ސަރުކާރު އޮފިޝަލުން ރަސްމީ ގަޑީގައި ލައި ހެދުމެކެވެ.
އެކަމަކު މިއީ ސަރުކާރުގެ އޮފިޝަލެއް ނޫނެވެ. އަދި ސަރުކާރުގެ އެއްވެސް މަގާމެއް އަދާކުރާ މީހެއްވެސް ނޫނެވެ. އެކަމަކު އޭނާ އުޅެނީ މީހުންނަށް އޮޅުވާލަމުންނެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އޮފީހުގެ އިސް އޮފިޝަލަކަށް ވެގެންނެވެ. އެކަމަކު ކިރަން ޕަޓޭލް ނަމަކަށް ކިޔާ މި މީހާ އަށް އޮޅުވާލައިގެން މާ ގިނަ ދުވަހަކަށް ނޫޅެވުނެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކިރަން މިމަހުގެ ތިން ވަނަ ދުވަހު ސަލާމަތީ އޮފިޝަލުން ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ މައްޗަށް ފުލުހުން ވަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އޭނާއާ ދެކޮޅަށް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއްގައި ބުނެފައިވަނީ ޕަޓޭލް މަސައްކަތް ކުރަނީ "މާލީ" އަދި "މެޓީރިއަލް ބެނިފިޓްސް" ހޯދުމަށެވެ.
ޕަޓޭލް ޓްވިޓާގައި ގެންގުޅޭ އެކައުންޓަކީ ވެރިފައިޑް ޓްވިޓާ އެކައުންޓެކެވެ. އޭނާގެ ފޮލޯވަރުންގެ ތެރޭގައި ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ގިނަ އޮފިޝަލުންތަކެއް ހިމެނެއެވެ.
ޕަޓޭލް އޭނާގެ ޓްވިޓާ އަދި އިންސްޓަގްރާމް ޕޭޖްތަކުގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން އޭނާ އަބަދުވެސް އުޅެނީ "ރަސްމީ" ދަތުރުތަކުގައެވެ. ބައެއް ފޮޓޯތަކުގައި އޭނާ ވަށާލައިގެން ސިފައިން ތިބެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕަޓޭލް ދަތުރުކޮށް އުޅެނީ ބުލެޓްޕްރޫފް ކާރުގައެވެ.
އެއް ދަތުރެއްގައި ޕަޓޭލް ވަނީ ގުޖުރާތު ސްޓޭޓްގެ ފަތުރުވެރިކަން ކުރިއަރުވަން ބަޔަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ. އަދި ކަޝްމީރަށް ކުރި ދަތުރެއްގައި ވެސް އޭނާ ވަނީ އާފަލު ދަނޑުތައް ގަންނަ ބޭނުންވާ މީހުން މައުލޫމާތު ހޯދާފައެވެ
އިންޑިއާގެ މަޝްހޫރު ސްކީން ޑެސްޓިނޭޝަން ގުލްމާގަށް ކުރި ދަތުރެއްގައި އެ ސަރަހައްދުގައި ހުރި ހޮޓާތަކުގެ ވަސީލަތްތައް ރަނގަޅު ކުރުމަށް ސަރުކާރުން އަންގާފައިވާ ކަމަށް އޭނާ ބުނެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕަޓޭލް ހައްޔަރުކުރީ ސްރިނަގާރަށް ކުރި ދެވަނަ ދަތުރުގައި ފުލުހުންނަށް ޝައްކުތަކެއް ވެގެންނެވެ. އޭނާ ހައްޔަރުކުރީ ސްރިނަގާރުގެ ހޮޓަލަކުންނެވެ.
މި މައްސަލާގައި އޭނާ ސަރުކާރުގެ އޮފިޝަލަކަށް ވެގެން އުޅޭ މީހެއްގެ ދެނެގަތުމުގައި ފުލުހުންގެ އިހުމާލެއް އޮތުމުން ދެ ފުލުސް އޮފިސަރަކު ވަނީ ސަސްޕެންޑް ކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ