ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ ހޯލްސޭލްކޮށް ވިއްކާ ފިޔާ ބިސް އަލުވީގެ އަގު އަނެއްކާވެސް ހެޔޮކޮށްފިއެވެ.
އެސްޓީއޯ އިން މީގެ ކުރިން ފިޔާ ބަސްތާއެއް ވިއްކީ 170 ރުފިޔާ އަށެވެ. އެކަމަކު މިހާރު އެ އަގު ވަނީ 160 ރުފިޔާ އަށް ތިރިކޮށްފައެވެ. އަލުވި ކިލޯއެއް ކުރިން 250 ރުފިޔާ އަށް ވިއްކި އިރު އޭގެ އަގު ވަނީ 240 ރުފިޔާ އަށް ހެޔޮކޮށްފައެވެ. އަދި ބިސް ކޭހެއް ކުރިން 290 ރުފިޔާ އަށް ވިއްކުމަށް ފަހު މިހާރު އޭގެ އަގު ވެސް ވަނީ 280 ރުފިޔާ އަށް ބަދަލުކޮށްފައެވެ.
އެކުންފުނިން ވަނީ މާލޭ އިންޑަސްޓްރިއަލް ޒޯން، ގްރޭޓާ މާލެ ބަސް ޓާމިނަލުގެ ހުޅަނގުގައި އެސްޓީއޯ ހޯލްސޭލް ކައުންޓަރެއް ގާއިމް ކޮށްފައެވެ.
އެކުންފުނިން ބުނީ އެއީ ރޯދަމަހަށް އެސްޓީއޯގެ މުދާ އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅިފައިވާ ފިޔަވަޅެއް ކަަމަށެވެ.
މިހާރު އެސްޓިއޯ ހޯލްސޭލް ސެންޓަރުގެ އިތުރުން، އިންޑަސްޓްރިއަލް ޒޯންގައި ހުންނަ އެސްޓީއޯގެ ގުދަނުން ފައިސާ ބަލައިގަނެ، އިންވޮއިސް ހަދާ، އަދި މުދާ ދޫކުރެވޭނެ ކަމަށާއި އަދި މީގެ އިތުރުން ހުޅުމާލޭގައި ހުޅުވޭ ރޯދަ މާޓް އިންވެސް އެ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ