ގާނޫނާއި އެއްގޮތަށް އަމަލު ކުރުމުގައި ފުލުހުން ފަސް ނުޖެހުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ބޭއްވި މާހެފުން ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން އެމަނިކުފާނު ވަނީ ކުރިއަށް އޮތް ރަމަޟާން މަހުގެ ތަހުނިޔާ ފުލުހުންނަށާއި ފުލުހުންގެ އާއިލާތަކަށް އަރިސް ކުރައްވާފައެވެ.
އަދި ރަމަޟާންމަހު މަގުމައްޗަށް އަންނަ ހަލަބޮލިކަމާއި ބައެއް ފަރާތްތަކުންކުރާ ނޭދެވޭ ބައެއް އަމަލުތައް އިތުރުވެގެންދާ ވަގުތުތަކަށް ފުލުހުން އިތުރަށް ސަމާލުވުމަށް ރައީސް ސޯލިހު ވަނީ އިލްތިމާސް ކުރައްވާފައެވެ.
އޭގެ އިތުރުން، މުޖުތަމައުގެ އަމަންއަމާންކަން ގާއިމުކުރުމަށް މިހާރުވެސް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ގާނޫނު ތަންފީޒުކޮށް ގާނޫނާ އެއްގޮތަށް އަމަލުކުރުމުގައި ފަސްނުޖެހި މަސައްކަތްކުރުމަށް ރައީސް ވަނީ ފުލުހުންނަށް އިލްތިމާސްކުރައްވާފައެވެ.
އިސްކަންދަރު ބިލްޑިންގުގައި މިއަދު ބޭއްވި މާހެފުމުގައި ރައީސުލް ޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި ނާއިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަދި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ފުލުހުން ވެސް އެ ހަފްލާގައި ބައިވެރިވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ